ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ދިވެހި ކޮންމެ ރައްޔިތަކީ ޤައުމަށް އަގުހުރި ދަރިއެއް: ރައީސް

ދިވެހި ކޮންމެ ރައްޔިތަކީ ޤައުމަށް އަގުހުރި ދަރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ އާބާދީ ދުވަހާ ގުޅޭގޮތުން ކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ، މި ޤައުމަށް އަގުހުރި ދަރިއެއްކަމަށާއި، ދިވެހީންގެ ކުރިމަގަށްކުރާ އުންމީދުގެ ބައިވެރިއެއްކަމަށެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހެވެ. މި އަހަރުގެ އާބާދީ ދުވަހުގެ ޝިއާރަކީ "ލީވް ނޯ ވަން ބިހައިންޑް، ކައުންޓް އެވްރީވަން" މިއެވެ.

ރާއްޖޭގައި 515،132 މީހުން ދިރިއުޅޭއިރު، އޭގެތެރެއިން 382،369 މީހުންނަކީ ދިވެހިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

advertisement
ހިޔާލު ދެއްވާ!