އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު.. ފޮޓޯ: އީސީ

ރިޔާސީ އިންތިޚާބާއެކު މަޖިލީސް އިންތިޚާބު ބާއްވަން ތާޢީދުކުރަން: ފުއާދު

ރިޔާސީ އިންތިޚާބާއެކު މަޖިލީސް އިންތިޚާބު ބާއްވަން ތާޢީދުކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

ތައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެކުގައި ބާއްވަން ތާއިދު ކުރައްވާ ކަމަށާ އެކަމުގެ ސަބަބުން ވޯޓުލާ މީހުންގެ އަދަދު އިތުުރުވާނެ ކަމަށް ފެންނަ ކަމަށެވެ.

ފުއާދު މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވިދާޅުވެފައި ވަނިކޮށްކަން ފާހަގަ ކުރެވެއެވެ.

ފުއާދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ރަނގަޅު ބަދަލުތަކެއް ގެންނަން ވިސްނާއިރު، ދެ އިންތިޚާބު އެއްވުމަކީ ވަރަށް ބޮޑަށް އޭގެ ފައިދާ ލިބޭނެ ކަމެއް ކަމަށެވެ.

ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވޯޓު ނުލާ އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވޯޓުލާ މީހުންވެސް ތިބޭ ކަމަށާ އެހެންވީމަ އެ އަދަދު އިތުރުވީމަ ރިޔާސީ އިންތިޚާބަށް ވޯޓުލާ މީހުންވެސް ގިނަވެގެން ދާނެ ކަމަށާ އަދި މަޖިލީސް އިންތިޚާބުގައި ވޯޓުލާ %80 މީހުންގެ އަދަދު އިތުރުވެގެން ދާނެ ކަމަށެވެ.

މި މަހުގެ 7 ވަނަ ދުވަހު ޕީއެންސީން ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި، ރިޔާސީ އިންތިޚާބާ މަޖިލީސް އިންތިޚާބު އެކުގައި ބޭއްވުމަށް ބޭނުންފުޅު ވާކަމަށް ވިދާޅުވެ ރައީސް ޑރ. މުޢިއްޒު ދެއްކެވި ވާހަކަފުޅުއިގައި ވިދާޅުވީ 2 އިންތިޚާބު އެއްކޮށްލައިފިނަމަ 120 މިލިއަން ރުފިޔާވަރު ސަލާމަތް ކުރެވޭނެ ކަމަށާ މި އަހަރުގެ ތެރޭގައި ޤާނޫނުއަސާސީއަށް އިސްލާޙު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. 

advertisement
ހިޔާލު ދެއްވާ!