ތަރައްޤީގެ މަޝްރޫއުތައް ހިންގާއިރު، މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނުމަކީ މުހިންމު ކަމެއް: ޝަރީފް

ތަރައްޤީގެ މަޝްރޫއުތައް ހިންގާއިރު، މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނުމަކީ މުހިންމު ކަމެއް ކަމަށް މޯލްޑިވްސް އޭއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމަނިފާނު މިފަައިން ވިދާޅުވީ ރާއްޖޭގައި ދެ ދުވަހުގެ މުއްދަތަށް އެމްސީއެލުން އިސްނަގައިގެން ކުރިއަށް ގެންދާ އެއަރ ސާވިސް ކޮންގްރެސްގައި ވާހަކަ ދައްކަވަމުންނެވެ

ޝަރީފް ވިދާޅުވީ ރާއްޖެއަކީ ވަރަށް ތިރި ގައުމެއް ކަމަށާއި ތަރައްޤީގެ މަޝްރޫއުތައް ހިންގާއިރު، މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި ޝަރީފް ވަނީ ކޮންމެ ބިނާކުރުމެއް ނުވަތަ ތަރައްޤީއަށް ވިސްނާއިރު، މޫސުމީ ބަދަލަށް ވިސްނައިގެން ކަންތައް ކުރުމަށްވެސް  އެދިވަޑައިގެންފައެވެ.

އެއާޕޯޓް ތަރައްޤީ ކުރުމުގައި ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި ކަމަށާއި ރާއްޖޭގައި ރަންވޭއެއް އެޅިޔަސް ވަރަށް ވިސްނަން  ޖެހޭނެކަމަށް އެމަނިފާނު ވިދާޅުވިއެވެ.

2004 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ސުނާމީ ކާރިސާއައި ބެހޭ ގޮތުން ވާހަކަފުޅު ދައަކަވަމުން ޝަރިފު ވިދާޅުވީ އެ ކާރިސާގައި ވީއައިއޭގެ ކުރީގެ ރަންވޭ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އެ ރަންވޭ މިހާރު ބޭނުން ނުކުރާ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!