ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކެރެލާގައި ފެތުރެނީ

ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކެރެލާގައި ފެތުރޭތީ ދިވެހިން ސަމާލުވުމަށް ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން އެދިއްޖެ އެވެ.

ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުއްވި ބަޔާނެއްގައި ބުނީ އިންޑިއާގެ ކެރެލާގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާތީ، އެ ސިޓީގައި ދިރިއުޅޭ ދިވެހިންނާއި އެ ސިޓީއަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށެވެ.

އަދި ސިކުނޑިއަށް ޖެހޭ ބައްޔެއް ކަމަށްވާ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ސަމާލުވުމަށް ކެރެލާގެ ޞިއްޙަތާ ބެހޭ ވުޒާރާތަކުންވެސް އިލްތިމާސްކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބްރެއިން އީޓިން އެމީބާ ބައްޔަކީ ކަންފަތުން ނުވަތަ ނޭފަތުން ހަށިގަނޑު ތެރެއަށްދާ ޖަރާސީމަކަށްވާތީ ކޯރުފަދަ ތަންތަނަށް މިދުވަސްވަރު ނޭރުމަށާއި ސްވިމިން ޕޫލަށް އެރޭ ނަމަ، ކަންފަތާއި ނޭފަތަށް ފެން ނޭޅޭ ގޮތަށް 'އިޔަރ ބަޑް' އަދި 'ނޭސަލް ކްލިބް' ބޭނުންކުރުމަށް ވެސް ކޮންސިއުލޭޓުން އިލްތިމާސްކޮށްފައިވެއެވެ.

މި އިންފެކްޝަންގެ އަމާލާތްތަކުގެ ތެރޭގައި ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ހޮޑުލެވުމާއި، ކަނދުރާގެ ނާރު އެރުމާއި، ވާނުވާ ނޭނގުން އަދި ފިޓު ޖެހުން ފަދަ ކަންކަން ހިމެނެ ކަމަށާއި މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

 

advertisement
ހިޔާލު ދެއްވާ!