ފޮޓޯ: ފުލުހުން

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް 3 މީހަކު ޙާޟިރުވާން އަންގައި އިއުލާނު ކޮށްފި!

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް 3 މީހަކު ޙާޟިރުވާން އަންގައި އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަޙުޤީޤު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތަޙުޤީޤަށް ތިން މީހަކު ޙާޟިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ޙާޟިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ޙާޟިރުވުމަށް އަންގައި އިޢުލާނުކުރާ ކަމަށެވެ.

އެ ތިން މީހުންނަކީ ޢީސާ ވަސީމް، ކ.ކާށިދޫ / ރިވެލި (37އ)، މުޙައްމަދު އިސްމާޢީލް، ކ. ތުލުސްދޫ / ބްލޫވޭވް (48އ) އަދި އަޙްމަދު ހޫދު، ސ. ހިތަދޫ / ސްޕަންޖްގެ (26އ) އެވެ.

މި 3 މީހުންވެސް މި މައްސަލައިގެ ތަޙުޤީޤަށް ސުވާލުކުރުމަށް ޙާޟިރުވާން އަންގާފައި ވަނީ އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ  އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 ޖުލައި 21 ވަނަ ދުވަހުގެ 12:00 އަށެވެ.

advertisement
ހިޔާލު ދެއްވާ!