ސިޓީތަކާއި ކައުންސިލްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު

މޭޔަރުންނާ ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދޭން މަޝްވަރާކޮށްފި!

މޭޔަރުންނަށާ ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދޭން މަޝްވަރާކޮށްފިއެވެ.

މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދޭން މަޝްވަރާކޮށްފައިވާ ކަމަށް ސިތީތަކާ ކައުންސިލްތަކާ އާއްމު ޚިދުމަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސާއި މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމާމެދު ގޮތެއް ހޯދުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި މިކަމުގައި އިމިގްރޭޝަނާ އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށް ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދައިގެ ޕާސްޕޯޓް އޮންނަ ފަރާތްތަކާ ޚިލާފަށް ޑިޕްލޮމެޓިކް ޕާސްޕޯޓް އޮންނަ ފަރާތްތަކުން، ދަތުރުކުރުމުގެ އާއްމު ޤަވާޢިދުތަކަށް ޢަމަލުކުރާކަށް ނުޖެހެއެވެ.

advertisement
ހިޔާލު ދެއްވާ!