އުމުރުން 15 އަހަރުގައި ޤުރުއާން ހިތުދަސްކުރި އަލާވީ އައްޔޫބް ބުން މުޙައްމަދު ޝުޖާޢާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ބައްދަލުކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އަލާވީއަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ.
ގުރުއާން ހިތުދަސްކުރުމަށްފަހު ޙާފިޒުކަމުގެ ސަނަދު ހޯދުމަށްޓަކައި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އަލާވީގެ އިމްތިޙާން ފައްޓަވާފައިވަނީ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ.
އުމުރުން 15 އަހަރުގައި ޤުރުއާން ހިތުދަސްކޮށް އިމްތިހާން ފުރިހަމަކޮށް އެއްވަނަ ދަރަޖަ ޙާޞިލްކުރި އަލާވީ އައްޔޫބް ބުން މުޙައްމަދު ޝުޖާޢު (މއ. ރަތްއެންދެރި / މާލެ،)އާއި އޭނާގެ މަންމައާއި ބައްޕައާއި ބައްދަލުކުރުން. pic.twitter.com/XCyA5pOyC5
— Mohamed Shaheem Ali Saeed (@Mohamedshaheem1) July 15, 2024
އިމްތިޙާން ނިންމާ އަލާވީ ސަނަދު ޙާޞިލްކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އަލާވީ ފާސްވެފައިވަނީ 1 ވަނަ ދަރަޖާގައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ ޝަހީމް މަގާމާ ޙަވާލުވެވަޑައިގަތްފަހުން އެމަނިކުފާނު ގެންދަވަނީ ދީނީ ދާއިރާތަކުން މި ފަދަ ކާމިޔާބީ ހޯދާ ދަރިވަރުންނާ ބައްދަލުކުރައްވާ ހިތްވަރު ދެއްވަމުންނެވެ.