ޚާރިޖީ ވަޒީރުކަމަށް ރައީސުލްޖުމްޖުމްހޫރިއްޔާ އައްޔަން ކުރެއްވި، ޑރ. ޢަބްދުالله ޚަލީލާއި މާލީ ވަޒީރުކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރުގެ އިތުރުން ސިއްޙީ ވަޒީރުކަމަށް އައްޔަންކުރެއްވި ޢަބްދުالله ނާޡިމް އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.
ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކެބިނެޓަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އައްޔަނުކުރި ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރުމަށްފަހު، ތިން ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައިވާއިރު، މިއަދުގެ މަޖިލީހުގެ ޖަލްސާގައިވަނީ މަޖިލީހުންވެސް ވަނީ އެ ވަޒީރުންނަށް ރުހުން ދީފައެވެ.
ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ބަދަލު ގެންނަވާފައިވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.
ޤާނޫނުއަސާސީގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މީހުންގެ ނަންތައް އެމީހުން އައްޔަނު ކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެމަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެ ވަޒީރުންނަށް ރުހުން ހޯދަންވާނެ ކަމަށެވެ.