ފެނަކައިގެ ކުރީގެ އެމްޑީ، ސައީދުގެ ޕާސްޕޯޓް ހިފަހައްޓައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި އަހްމަދު ސައީދުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސައީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

ނިމިގެންދިޔަ ވެރިކަމުގައި ފެނަކައިގެ ތެރެއިން ކޮރަޕްޝަން ހިމެނޭ ކަންކަން ހިންގާފައިވާކަމަށް ބުނެ ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ވަނީ، އެ މައްސަލަތައް ޝަރީއަތަށް ހުށަހަޅާފައެވެ.

އެގޮތުން ފެނަކައިގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ 25 މައްސަލަ ހިމެނޭކަމަށް މިހާރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ މީޑިއާގައި ވިދާޅުވެފައެވެ.

ނިމިދިޔަ ސަރުކާރުގެ އެންމެ ބޮޑެތި ކޮރަޕްޝަންތައް ހިންގި އެއް ކުންފުންޏެގެ ގޮތުގައި ފެނަކަ ހިމެނެއެވެ.

advertisement
ހިޔާލު ދެއްވާ!