ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މަސްވެރިންނަށް ނުދެވިހުރި ފައިސާ ދިނުމަށް މިފްކޯއާއި ހަވާލުކޮށްފި!

މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާ ދިނުމަށް މިފްކޯއާ ހަވާލުކުރައްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމްލަ އަދަދު މިހާރު ވަނީ އެ ފަރާތްތަކަށް ރައްދުކުރުމަށް މިފްކޯއަށް ހަވާލުކޮށްފައިވާ ކަމަށެވެ.

"މެނިފެސްޓޯގައިވާ ފަދައިން 48 ގަޑިއިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ދެވޭނޭ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން." ރައީސް ވިދާޅުވިއެވެ.

ރައީސް އެފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރުވެސް މިއަދު ވަނީ މަސްވެރިންގެ ބެކްލޮގް މާދަމާ ކްލިއާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މަސްވެރިންނަށް ނުދެވި މިހާރު ހުރީ 16 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް އައިއިރު، މަސްވެރިންނަށް 1.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދީފައެވެ.

advertisement
ހިޔާލު ދެއްވާ!