ބަންޑާރަ ނައިބް އަހްމަދު އުޝާމް

އަންނަ އަހަރު ކުރީކޮޅު ކްރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ: ސަރުކާރު

ކޯޓުތަކުގައި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ކްރިމިނަލް ކޯޓުގެ ޖާގައިގެ މައްސަލަ އަށް އަންނަ އަހަރު ހައްލެއް ލިބިގެންދާނެ ކަމަށް ބަންޑާރަ ނައިބް އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ ވާނުވާ ބަންދުގައި ގިނަ ދުވަހު ތިބެންޖެހޭ ސަބަބެއްކަމަށް ކޯޓުތަކުގެ ޖާގައިގެ ދަތިކަމަކީ އެއް ސަބަބު ކަމަށެވެ.

އޭގެ ތެރެއިން ވެސް ކްރިމިނަލް ކޯޓުގައި ޖާގައިގެ މައްސަލަ އެހެން ކޯޓުތަކަށްވުރެ ބޮޑުކަމަށް އުޝާމް ވިދާޅުވިއެވެ.

އެމައްސަލަ އަށް ހައްލު ހޯދުމަށް މިހާރު ހުޅުމާލޭގައި ކްރިމިނަލް ކޯޓުގެ އިމާރާތެއް ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އުޝާމް ވިދާޅުވިއެވެ. އެތަން ނިމި އަންނަ އަހަރު ޚިދުމަތަށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

އޭގެ ސަބަބުން ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!