އިންޑިޔާއާއި ރާއްޖެއިން "އެކްސަސައިޒް އެކަތަ 2024" ފަށައިފި

އިންޑިއާ ނޭވީއާއި އެމްއެންޑީއެފް ގުޅިގެން ހިންގާ "އެކްސަސައިޒް އެކަތަ 2024″، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި ފަށައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ، މި އެކްސަސައިޒްގެ ސަބަބުން ދެ ގައުމުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

މިއީ އިންޑިއާ ނޭވީއާ ގުޅިގެން އެމްއެންޑީއެފުން މި އެކްސަސައިޒް ކުރިއަށްގެންދާ 7 ވަނަ ފަހަރެވެ. އެމްއެންޑީއެފްގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ ގޮތުން ތަފާތު އެކި ގައުމުތަކާއި ގުޅިގެން އަންނަނީ ތަމްރީނުތައް ހިންގަމުންނެވެ.

advertisement
ހިޔާލު ދެއްވާ!