ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ގެމްބިއާގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ގެމްބިއާގެ ފަސްޓް ލޭޑީ، ފަޓޮމަޓާ ބަ ބަރޯއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާއާއި ގެމްބިއާގެ ފަސްޓް ލޭޑީވަނީ ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މުޖުތަމަޢުގެ މެދުގައި ގާތް ގުޅުންތައް އުފައްދައި، އާންމުން ބޭނުންވާ މުހިންމު ކަންކަމުގައި ހުރި ހުރަސްތައް ނައްތާލަން ސަމާލުކަން ދިނުން ފަދަ މައުޟޫޢުތަކަށް ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

މީގެ އިތުރުން، މެރކް ފައުންޑޭޝަނުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އޭޝިއާ އަދި އެފްރިކާގެ މުޖުތަމަޢުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެ ފައުންޑޭޝަނާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.

advertisement
ހިޔާލު ދެއްވާ!