މާދަމާއިން ފެށިގެން އާސަންދަ ލިބޭނީ އަމިއްލަ އިންޝުއަރެންސަށް ކަނޑާފައި!

މާދަމާ، 1 ނޮވެމްބަރު 2024 އިން ފެށިގެން އާސަންދަ ލިބޭނީ އަމިއްލަ އިންޝުއަރެންސަށް ކަނޑާފައި ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން ބުނެފިއެވެ.

އެ ކުންފުނިން ކުރި އިޢުލާނެއްގައި ބުނީ  ދިވެހި ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ އަސާސީ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހިންގާ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމް، "އާސަންދަ ސްކީމް" އަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށެވެ.

އެންސްޕާއިން ބުނީ މި މަޤްސަދުތައް ޙާސިލްކުރުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ ބަދަލުތަކުގެ ތެރެއިން ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތްތަކުން ހޯދާ ޚިދުމަތްތަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރަންސަށް އިސްކަންދިނުމަށް ހަމަޖެހިފައިވާ ކަމަށާ މިކަންކަން ކުރިއަށްދަނީ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ އަދި ދެފުށްފެންނަފަދަ އުސޫލަކުންކަން ކަށަވަރުކުރުމަށްޓަކައި މިފިޔަވަޅު ތަންފީޛު ކުރުމަށް ހަމަޖެހިފައިވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެނ،ް "އައުޓ-ް ޕޭޝަންޓް" އަދި "އިނ-ްޕޭޝަންޓް " ގެ ޚިދުމަތްތައް ވަކިން ކަމަށެވެ.

އެ ކުންފުނިން ބުނީ 1 ނޮވެންބަރު 2024 އިން ފެށިގެން ސަރުކާރުގެ އަދި އަމިއްލަ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން "އައުޓ-ްޕޭޝަންޓް" ގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރަންސް އޮންނަ ފަރާތެއްނަމަ، ޕްރައިވެޓް އިންޝުއަރަންސަށް ފުރަތަމަ ބިލް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕްރައިވެޓް އިންޝުއަރަންސް ނަގާފައިވާ ފަރާތްތަކުން، އެފަރާތްތަކުގެ ޕެކޭޖްތަކުގެ ލިމިޓް ހަމަވުމުން ނުވަތަ ޕްރައިވެޓް އިންޝުއަރަންސް އިން އެ ޚިދުމަތެއް ކަވަރު ނުކުރާނަމަ، އެ ފަރާތަކަށް މިހާރެކޭވެސް އެއްގޮތަށް އާސަންދައިން އެ ޚިދުމަތަކަށް ކަވަރޭޖް ލިބިގެންދާނެ ކަމަށް އެންސްޕާގެ އިޢުލާނުގައި ބުނެފައިވެއެވެ.

"މި ފުރުސަތުގައި އާސަންދަ ސްކީމް މެދުވެރިކޮށް ޚިދުމަތް ލިބިގަތުމަށްފަހު އެކަމުގެ ރަސީދު ހޯއްދެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ކަނޑައެޅިފައިވާ އުސޫލާއި ޚިލާފަށް ޚިދުމަތްދޭ މަރުކަޒުތަކުން ޢަމަލުކުރާކަން ފާހަގަ ކުރެވިއްޖެނަމަ އެކަން އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ "ޝިކާވަތި" ޗެޓްލައިން 7951400 އަށް ރިޕޯޓް ކުރެއްވުމަށް ދަންނަވަމެވެ." އެންސްޕާގެ އިޢުލާނުގައި ބުނެފައިވެއެވެ.

އަދި މިކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެދިލައްވާނަމަ، އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ހޮޓްލައިން 1400 އަށް ގުޅުއްވުމަށްވެސް އެންސްޕާއިން އެދިފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!