ހޯމް މިނިސްޓަރ ޢަލީ އިޙްސާން.. ފޮޓޯ: އަވަސް މީޑިއާ

ނުޙައްޤު މުއްސަނދިކަން ހޯދާ ވާހަކަ ޤާނޫނުގައި އޮތީ ދަޢުވާ ނުކުރެވޭ ގޮތަށް: އިޙުސާން

ނުޙައްޤު މުއްސަނދިކަން ހޯދާ ވާހަކަ ޤާނޫނުގައި އޮތީ ދަޢުވާ ނުކުރެވޭ ގޮތަށް ކަމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަޙްޤީޤުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިސްލާހުތައް މިފެށޭ ހަފްތާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށްވާނީ ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ވަޒީރު އިޙުސާން ވިދާޅުވީ މިހާރުއޮތް ޤާނޫނުގަ މި މާއްދާ ލިޔެފަ އޮތީ މިވާހަކަ ގަދަޔަށް ދައްކާފަ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރެވޭ ގޮތަށް ކަމަށާ އަދި ދައުވާކޮށްފިއްޔާ ސާބިތު ނުވާގޮތަށް ކަމަށެވެ.

ވަޒީރު ވިދާޅުވީ އެ މާއްދާ ޤާނޫނުގައި އޮތީ ކަންކުރުމުގެ ނިޔަތް ނެތި ލިޔެފައޮތް މާއްދާއެއް ގޮތަށް ކަމަށާ ރައީސް ޑރ. މުޢިއްޒު ގެންނަވަން ނިންމެވި އިސްލާޙަކީ ދައުލަތުގެތެރޭ އޮތް ޒަމާންވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭނެ އަދި އެނިޔަތާއި ޢަޒުމް ފެންނަ އިސްލާޙެއް ކަމަށެވެ.

ނުޙައްޤު މުއްސަނދިކަމާ ގުޅޭގޮތުން ރައީސުލޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިސްލާހުތައް މިފެށޭ ހަފްތާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށްވާނީ ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެގޮތުން، ޤާނޫނުލްޢުޤޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާޙުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްޤު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!