ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމީ ޖަލްސާގެތެރެއިން. ފޮޓޯ: ރައީސް އޮފީސް

ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާނެ ނިޒާމެއް ޤާއިމް ކުރުމަށް ކެބިނެޓުން ނިންމައިފި

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ، އެ މުވައްޒަފުންގެ ކުރުންތެރިކަން އިތުރު ކުރުމަށްޓަކައި ޕަރފޯމަންސް ބަލާނެ ނިޒާމެއް ޤާއިމް ކުރުމަށް ކެބިނެޓުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހީނާގެ ޕޯސްޓުގައި ވިދާޅުވީ މި ނިޒާމަށް ޢަމަލު ކުރަން ވަރަށް އަވަހަށް ފަށާނެއެވެ.

ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިހާތަނަށް 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުންވަނީ މަދުކުރެވިފައި." ހީނާ ވަލީދު ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވާއިރު، އެމަނިކުފާނު ވަނީ މުސާރައިގެ 50 އިންސައްތަ ނުނެންގެވުމަށްވެސް ވަނީ ނިންމަވާފައެވެ.

މީގެއިތުރުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރަން ވެސް ރައީސް ވަނީ ނިންމަވާފައެވެ.

advertisement
ހިޔާލު ދެއްވާ!