ނަސްރުގެ ދުވަހާއި ގުޅިގެން އާންމުންނަށް ހުޅުވާލައިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވަނީ!

ނަސްރުގެ ދުވަހާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ކޭމްޕަކީ މައިންޑް އެސޯސިއޭޝަނާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ބްލަޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ ޙަރަކާތެކެވެ.

މައިންޑް އެސޯސިއޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ކޭމްޕަކީ ނަސްރުގެ ދުވަހާއި އެ ދުވަހުގެ ބަޠަލުންގެ ޒިކުރާ އާލާކުރުމުގެ ބާއްވާ ކޭމްޕެކެވެ.

މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް މަޖީދިއްޔާ ސްކޫލުގައެވެ.

މައިންޑް އެސޯސިއޭޝަނުން ވަނީ އާންމު ރައްޔިތުންނަށް މި ކޭމްޕުގައި ބައިވެރިވެ ލޭ ހަދިޔާކުރުމަށް އެދިފައެވެ.

މައިންޑް އެސޯސިއޭޝަނަކީ ސަލާމަތީ ޚިދުމަތުގެ ވެޓެރަންސް ޖަމިއްޔާއެކެވެ.

މި ކޭމްޕާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 7771933 ނަންބަރަށް ގުޅުމަށް އެ ޖަމިއްޔާއިން އެދިފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!