ހުޅުމާލެ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހުޅުމާލެ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގައި އެޗްޑީސީގެ ހުރިހާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެެ.

މި ހަރަކާތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗު ސަރަހައްދާއި ރުއްގަނޑާއި ފްލެޓް ސަރަހައްދުން ކުނިނެގުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.ީގެ އިތުރުން ގަސް އިސްދުމުގެ ޙަރަކާތެއްވެސް ކުރިޔަށް ގެންދިޔައެވެ.

މި ޙަރަކާތުގެ ތެރެއިން އެޗްޑީސީން ވަނީ އެ ސަރަހައްދުގައި އެއްކުރި ކުނި އޮޑިޓު ކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. އަދި ކުޑަކުދިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމާއި ކުލަ ޖެއްސުމުގެ ޙަރަކާތްތަކެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

އެޗްޑީސީން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވާފައިވާއިރު، ހުޅުމާލެ ސާފުކުރުމާއި ޒީނަތްތެރިކޮށް ބޭއްވުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

advertisement
ހިޔާލު ދެއްވާ!