ޑރ. އާދަމް ޝަމީމް

ޑރ. އާދަމް ޝަމީމްގެ "ކަލަކުވޭ ބިރުވެތިވޭ" ދަރުސް މިރޭ ހުޅުމާލެެ ރުއްގަނޑު2 ސަރަހައްދުގައި!

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ގުޅިގެން އަލްޢަޞްރުގެ ފަރާތުން އިންތިޒާމްކޮށްގެން "ކަލަކުވޭ ބިރުވެތިވޭ" ނަމުގައި ބާއްވާ ޚާއްސަ ދަރުސް މިރޭ އޮންނާނެކަމަށް އަލްޢަޞްރުން ބުނެފިއެވެ.

މި ދަރުސް އޮންނާނީ މިރޭ 20:45 ގައި، ހުޅުމާލޭގެ ރުއްގަނޑު 2 ސަރަހައްދުގައެވެ.

މި ދަރުސްދެއްވުމަށް ހަމަޖެހިފައިވަނީ އިލްމީގޮތުން ފުންނާބު އުސް އަދި ވަރަށް ގިނަބަޔެއްގެ މަޤްބޫލުކަން ހޯދާފައިވާ އިލްމުވެރިއެއް ކަމުގައިވާ ޑރ. އާދަމް ޝަމީމް އެވެ.

ޓީ.ވީ.އެމް، ދާރިސް ޓީ.ވީ އަދި އަލްޢަޞްރުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކޮށް މި ދަރުސް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަރުސް ބަލަންދާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް އައިފޯން 16 ޕްރޯ މެކްސްއެއް ދިނުމަށް ހަމަޖެހިފައެވެ.

މި ގުރުއަތުގައި ބައިވެރިވުމަށް ޝަރުތު ހަމަވާނީ ދަރުހަށް ހާޒިރުވެ ރަޖިސްޓްރީކުރާ ފަރާތްތައް ކަމުން ވީހާވެސް ގިނަ ފަރާތްތަކުން ދަރުހަށް އައުމަށް އަލް-ޢަޞްރުން ވަނީ ދަޢުވަތު ދީފައެވެ.

advertisement
ހިޔާލު ދެއްވާ!