އޮޅުހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ބުޅަލުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ޤާއިމުކުރި "އޮޅުހިޔާ" ރައީސް ހުޅުވައިދެއްވައިފި!

މާލެ ސަރަހައްދުގައި މަގުމަތީ އުޅޭ ބުޅާތައް ގިނަވުމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާއި އެއްގޮތަށް ބިނާކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ، އޮޅުހިޔާ އެމަނިކުފާނު ހުޅުއްވައި ދެއްވައިފިއެވެ.

އޮޅުހިޔާ ތަރައްޤީކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 5000 އަކަ ފޫޓުގެ ބިމެއްގައެވެ. މި ފެސިލިޓީ ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ދައުލަތުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެ ސިޓީގައި ބުޅާ ގިނަވެ، ނުބެލެހެއްޓި، ޢާއްމު ދިރިއުޅުމަށް އުނދަގޫވާވަރަށް އެކަން ދިޔައިރުވެސް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ، އެމްޑީޕީއަށް އޮތް 3 ދައުރުގައި އެކަމާ އެއްވެސް ވަރަކަށް އަޅާލާފައި ނުވާކަން ފާހަގަ ކުރެވެއެވެ. އަދި ރައީސް ޑރ. މުޢިއްޒު މޭޔަރު ކަމުގައިވެސް އެކަމަށް އެއްބާރުލުން ނުދެއްވި ކަމަށް، މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން  ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނަމަވެސް މި މަސައްކަތް ފުރިހަމަ ކުރުމަށް އެމަނިކުފާނުގެ "ހަފްތާ 14″ ގައި ހިމަނުއްވާ ސަރުކާރުން ހުރިހާ ވަޞީލަތްތަކެއް ހަމަޖައްސަވާ ދެއްވާ އެނިމަލް ވެލްފެއަރ މިނިސްޓްރީގެ ބެލުމުގެދަށުން ކުރުމަށް މާލޭސިޓީ ކައުންސިލާ ހަވާލު ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޮޅުހިޔާއިން ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި އާންމު ޗެކްއަޕްތަކާއި، ފަރުވާތަކާއި، އަދި އޮޕަރޭޝަންތަކުގައި ވެޓެރިނޭރިއަނަށް އެހީތެރިވުމާއި ވެޓެރިނޭރިއަން އަންގާ ގޮތުގެ މަތިން ބުޅަލަށް ބޭސް ދިނުން، ކާންދިނުމާއި، ބޭސްއެޅުން ހިމެނެއެވެ. އަދި އިންޖެކްޝަން ޖެހުމާއި، ލޭ ނެގުމާއި، ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމާއި އެ ނޫން ވެސް ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތައް ހެދުމުގެ އިތުރުން، އެނެސްތީސިއާ ބެލެހެއްޓުމާއި އޮޕަރޭޝަނަށްފަހު ރިކަވަރީގައި ތިބޭ ބުޅާތަކަށް ބޭނުންވާ ފަރުވާ ދިނުން ހިމެނެއެވެ.

advertisement
ހިޔާލު ދެއްވާ!