އަމިއްލަ ފަރުދުންގެ ބައިވެރިވުމާއި ނުލާ އެއްވެސް ސިނާއަތެއް ކުރި ނާރާނެކަން އެއީ ދުނިޔެ ސާބިތުކޮށްދޭ ހެއްކެއް: ނާޒިމް

އަމިއްލަ ފަރުދުންގެ ބައިވެރިވުމާއި ނުލާ އެއްވެސް ސިނާއަތެއް ކުރި ނާރާނެކަން އެއީ ދުނިޔެ ސާބިތުކޮށްދޭ ހެއްކެއް ކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވީ އީވް ކްލިނިކްގެ އައު ކްލިނިކް "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުއްވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތައް ދިނުމަށް ޤާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ބޮޑު ފުރުޞަތެއް ފަހިކޮށްދިނުން ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ ފަރާތްތަކުން ރައްޔިތުންނަށް ދެއްވާ މިފަދަ ހިދުމަތްތައް ދެއްވުމުގައި ގާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ،

އަދި ހުރިހާ ޤައުމެއްގައިވެސް ސިއްޙީ ދާއިރާ ތަރައްޤީވެ، ފުޅާވަމުން އަންނަނީ އަމިއްލަ ކުންފުނިތަކާއި ވަކިވަކި ފަރުދުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ސިއްހީ ހިދުމަތް ދެމުން އަންނަ އަމިއްލަ ކްލިނިކެއް ކަމަށްވާ، އީވްގެ އާ ކްލިނިކެއް ރޭ ހުޅުވާދެއްވާފައިވަނީ ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.

 "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުވާފައިވަނީ ކުރީގެ ވެސްޓް ޕާކް ސަރަހައްދުގައެވެ.

advertisement
ހިޔާލު ދެއްވާ!