މި މަހުގެ ސަރުކާރު ބަންދު ދުވަސްތައް ކަމަށްވާ 3 ވަނަ ދުވަހާއި 10 ވަނަ ދުވަހުވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މި ދެ ދުވަހަކީ ބަންދު ދުވަސްތަކެއް ނަމަވެސް މޯލްޑިވްސް އިމިގްރޭޝަންގެ މާލެ އޮފީހުން ޕާސްޕޯޓުގެ ޚިދުމަތް ދެމުންގެންދާނެ ކަމަށެވެ.
https://x.com/ImmigrationMV/status/1852010064993034568?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1852010064993034568%7Ctwgr%5E10b556d626cbc2a323896330fde4137ccc8a10c1%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F146810
މިމަހުގެ 3 ވަނަ ދުވަހަކީ ނަސްރުގެ ދުވަހެވެ. އަދި ޖުމްހުރީ ދުވަހުގެ މުނާސަބަތުގައި އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދި ހުށަހެޅުން އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޚިދުމަތް ލިބިގެންދާނެ ކަމަށާއި އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅުން (65 އަހަރުން މަތީގެ ފަރާތްތަކަށް އެދި އެމަރޖެންސީ ހާލަތްތަކުގައި) ހެނދުނު 8:30 ން މެންދުރު 14:00 ށް ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޕާސްޕޯޓާއި ހަވާލުވުމަށް ނަމްބަރު ދޫކުރުން ކުރިޔަށްދާނީ ހެނދުނު 8:30 ން މެންދުރު 14:00 ށް ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެގެން ކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ.