މިއަދު ފާހަގަކުރަމުންދާ ނަޞްރު ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ނަޞްރުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ޅެން ބައިތު ތަކެއް ހިއްސާކުރައްވާފައެވެ.
"ދިވެހި އުންމަތުގެ ހައްގުގައި ހަށި ފޮޅާލާ،
ދިވެހި ދިދަ ޙިމާޔަތްކުރަން އަތުގުޅާލާ،
ދިވެހި ލެއިންނެ ދިޔައީ މިތާ ނަން ފަވާލާ،
ދިވެހި ބިމުގެ ޝަރަފަށްޓަކައި މާތްވި ދީނާ ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ،
ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ" ރައީސް ޑރ. މުއިއްޒު
ރައީސް ޑރ.މުޢިއްޒު ހިއްސާކުރެއްވި ޅެން ބައިތުތަކުގައި އެދުވަހު ދިވެހިން ދެއްކި ހިތްވަރާ އަޒުމް ދޭހަވެގެންދެއެވެ.
ނަޞްރުގެ ދުވަސް ފާހަގަކުރަމުންދަނީ 3 ނޮވެމްބަރ 1988ގައި ދިން ހަމަލާގައި ޤައުމުގެ ދިފާޢުގައި ހަނގުރާމަކޮށް ޝަހީދުވި ބޭކަލުންގެ ޒިކުރާ އައު ކުރުމުގެ ގޮތުންނެވެ.
އެގޮތުން، އެދުވަހު ދިން ހަމަލާގައި 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި މަދަނީ 11 ބޭކަލުން ޝަހީދުވިއިރު، ދިވެހި ސިފައިންގެ 8 ބޭކަލަކު ހިމެނެއެވެ.