އެމްބެސެޑަރ ޠާޙާ، ތާލިބާން ޖަމާއަތުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބާ ބައްދަލުކުރައްވައިފި.

ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތޯހާ މުހައްމަދު، އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން ޕާކިސްތާނަށް ކަނޑައަޅާފައި މަންދޫބު، ސަރްދާރް އަހުމަދު ޝަކީބާއި ބައްދަލުކުރީ ދިވެހި ސަރުކާރުގެ ހުއްދަ ހޯދުމެއް ނެތި ކަމަށް ދިވެހި ހާރިޖިއްޔާ އިން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ނޫން ކަމަށާއި މިކަމާއި ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އެހެންނަމަވެސް އަޅާފައިވަނީ ކޮން ފިޔަވަޅެއްކަމެއް ނުބުނެއެވެ.

ތާލިބާނުން އަފްގާނިސްތާން ހިފައި ބާރުގެ ދަށަށް ގެންދިޔައީ 2021 ވަނަ އަހަރު އެވެ. މިހާރު އަފްގާނިސްތާނު ހިންގަމުން އަންނަނީ ތާލިބާނުން އެކުލަވާލާފައިވާ ސަރުކާރެއްގެ ދަށުންނެވެ. އެހެންނަމަވެސް މިހާތަނަށް އެއްވެސް ގައުމަކުން ތާލިބާންގެ ވެރިކަން ރަސްމީ ސިފައެއްގައި ބަލައިގަންފައެއް ނުވެ އެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމެއް އަދި ބައްދަލުވުމާ ގުޅޭ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ

advertisement
ހިޔާލު ދެއްވާ!