ދިވެހި ފުލުހުންގެ އިދާރާ

ގެމަނަފުށީ ބޭސްފިހާރައިން ބޭހެއް ނުލިބިގެން ހިތްހަމަ ނުޖެހުން ފާޅުކުރި މައްސަލައެއް ބަލަންފަށައިފި!

ގއ. ގެމަނަފުށީ ބޭސްފިހާރައިން ބޭހެއް ނުލިބިގެން ހިތްހަމަ ނުޖެހުން ފާޅުކުރި މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ ގެމަނަފުށި ބޭސްފިހާރައިން ބޭހެއް ނުލިބިގެން ހިތްހަމަ ނުޖެހުން ފާޅުކުރި މައްސަލަ ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިކަމާއި ގުޅިގެން ބޭސްފިހާރައިގައި އިން މީހާ ބިރުގަތުމުގެ ސަބަބުން ސިއްޙީ މަރުކަޒުގައި އެމީހާއަށް ފަރުވާ ދީފައިވާ ކަމަށެވެ.

އަދި ފަރުވާއަށްފަހު ރޭގެ ވަގުތެއްގައި އެމީހާ ވަނީ ދޫކޮށްލާފައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤް ކުރަމުންނެވެ.

advertisement
ހިޔާލު ދެއްވާ!