ޙުސައިން މުޙައްމަދު ލަޠީފް

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ނައިބު ރައީސް އިފްތިތާޙުކޮށްދެއްވައިފި

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފްތިތާޙުކޮށްދެއްވައިފިއެވެ.

ނައިބު ރައީސް މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ އެކަމަށް ޚާއްޞަކޮށްގެން އިއްޔެ ހަވީރު ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް  ވިދާޅުވީ ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުން ވޭތުކުރުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއްދެއްވާ ކަމެއްކަމަށާއި، މިއަދު ފުރިހަމަވެގެން މިދިޔައީ އެމަނިކުފާނުގެ ވައުދުފުޅެއްކަމުގައެވެ.

މީގެ އިތުރުން، ނައިބު ރައީސް ވަނީ އާބާދީގެ ނިސްބަތުން އެރަށަކަށްބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދީ، ރައްޔިތުންނާހަމައަށް އެ ޚިދުމަތްތައް، ރައީސް ޑރ.މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ފޯރުކޮށްދިނުމަށް ކަމާގުޅުން ހުރި ވުޒާރާތަކުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، މިއަދު އިފްތިތާޙުކުރެއްވި ޕްރޮގްރާމުން ލިބުނު ތަމްރީނުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޕްރޮގްރާމުން ލިބުނު މަޢުލޫމާތު ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދީ މި ޕްރޮގްރާމުން ތަމްރީނުވި ސްޕޯޓްސް ކައުންސިލަރުންނާއި އަދި ޔޫތު އެސޯސިއޭޓުން، ކުރަންޖެހޭ މަސައްކަތް ފުރިހަމަ ގޮތުގައި ކޮށްދޭނެ ކަމަށް ޔަގީން ކުރައްވާކަމަށާއި،  މި ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ފެތުރިގެން ދާނެ ޕްރޮގްރާމެއް ކަމަށާއި، މިއަދު ކުޅުއްދުއްފުށީގައި މި ކުރިއަށްދިޔައީ ފެށުމެއްކަމަށް ވެސް ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!