ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގެތެރެއިން. ފޮޓޯ: ރައީސް އޮފީސް

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ޓްރަމްޕަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ!

އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްޙުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އިންތިޚާބީ ރައީސް އަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވާ ކަމަށާއި، ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ މެދުގައި އޮންނަނީ ބަދަހި ގުޅުމެއް ކަމަށެވެ. އަދި މިގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގޮންޖެހުންތަކާއި މަޝްވަރާކޮށް ދެ ޤައުމުން ދުނިޔޭގެ ލާބައާއި މަންފާއަށް އެކުގައި މަސައްކަތް ކުރުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުގައި މިހާތަނަށް ގުނާ ނިމިފައިވާ ވޯޓްގެ ނަތީޖާގައި، ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްގެ މައްޗަށް ޓްރަމްޕް ވަނީ 51.1 ޕަސެންޓުން ކުރި ހޯދާފައެވެ. ނައިބު ރައީސް ކަމަލާ އަށް ލިބިފައިވަނީ 47.4 ޕަސެންޓް ވޯޓެވެ.

ރިޔާސީ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރުމާ ގުޅިގެން، ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެރިން ވެސް ގެންދަވަނީ ޓްރަމްޕްއަށް މަރުޙަބާ ވިދާޅުވަމުންނެވެ.

advertisement
ހިޔާލު ދެއްވާ!