ޕެންޝަން އޮފީހާއި މަތީ ތަޢުލީމާބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި!

ޕެންޝަން އޮފީހާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މަޤްސަދަކީ މިނިސްޓްރީން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމުތަކުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމެވެ. މިގޮތުން މިނިސްޓްރީއިން ހިންގާ އަޕްސްކިލިންގ، ރީސްކިލިންގ ޕްރޮގްރާމާއި ކެރިއަރ ގައިޑެންސް ފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވާ ފަރާތްތަކާއި ނޭޝަނަލް ކެރިއަރސް ސަރވިސް (އެން.ސީ.އެސް) ޕޯޓަލް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ވަޒީފާލިބޭ މިންވަރު ވަޒަންކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކުރުމަށް މަސައްކަތްކުރުން ހިމެނެއެވެ.

މި އެއްބަސްވުމުގައި ޕެންޝަން އޮފީހުގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޗީފް އެގްޒެކެޓިވް އޮފިސަރ، ސުޖާތާ ޙަލީމްއެވެ. އަދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު ޝަފީޢުއެެވެ.

advertisement
ހިޔާލު ދެއްވާ!