އެޗްޑީސީގެ ޗެއާމަނަކަށް ނާސިފް ޢައްޔަންކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަމުގެ މަގާމަށް އަހުމަދު ނާސިފް އައްޔަން ކޮށްފިއެވެ.

އެޗްޑީސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ނާސިފް އެ ކުންފުނީގެ ޗެއަރމަންކަމަށް ޢައްޔަންކޮށްފައިވާކަން އިޢްލާންކޮށް މަރުޙަބާ ދަންނަވާފައެވެ.

އެޗްޑީސީގެ ޗެއަރމަނަކަށް ނާސިފް ޢައްޔަންކޮށްފައިވާއިރު، މީގެ ކުރިން ނާސިފް ހުންނެވީ ރީޖަނަލް އެއާޕޯޓްސްގެ ޗެއާމަންކަމުގެ މަގާމުގައެވެ. އޭގެ ކުރިން 2018 ވަނަ އަހަރު ނާސިފް ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޗެއާމަންކަމުން އެޗްޑީސީގެ ޗެއަރމަންކަމަށް ނާސިފް ބަދަލުކޮށްފައިވާއިރު، ސަރުކާރުން ވަނީ މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އާރް އޭސީއެލް) އެއްކޮށްލުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ.

advertisement
ހިޔާލު ދެއްވާ!