އުރީދޫގެ ސައިކަލު ލިބޭ ޕްރޮމޯޝަނުގައި 12 ނަސީބުވެރިން ހޮވައިފި

އުރީދޫ މޯލްޑިވްސް އިން ފެށި "ކޮންމެ 3 ދުވަހަކުން ސައިކަލު ލިބޭ" ޕްރޮމޯޝަނުގައި މިހާތަނަށް 12 ނަސީބުވެރިން ހޮވައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ 23 ސެޕްޓެމްބަރ 2024 ގައި ފެށި މި ޕްރޮމޯޝަން 31 ޑިސެމްބަރ 2024 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

މި ޕްރޮމޯޝަނުގައި މުޅިއަކު 30 ސައިކަލު ކަސްޓަމަރުންނަށް ލިބިގެންދާއިރު، އަދިވެސް 18 ސައިކަލުގެ ނަސީބުވެރިން ހޮވާނެއެވެ. އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

ޕްރޮމޯޝަނުގައި ލިބޭ ސައިކަލުތަކުގެ ތެރޭގައި؛

އެއާ ބްލޭޑް 125 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)،

އެއާ ބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)،

އަދި ޕީސީއެކްސް160 (ކަޅު ކުލަ) ހިމެނެއެވެ.

އަދި މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބިގެންދާނެއެވެ.

ޕްރޮމޯޝަނުގައި ބައިވެރިވުމަށް:

އުރީދޫ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން

އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން

އުރީދޫގެ އެކްޓިވް ކަސްޓަމަރުންނަށް ވުން.

މި ޕްރޮމޯޝަނަކީއުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީއިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާޕްރޮމޯޝަނެކެވެ.

advertisement
ހިޔާލު ދެއްވާ!