އދ. ދިގުރަށް ކައިރީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ދޯންޏެއްގެ ބުރަފަތީގައި ޖެހި 15 އަހަރުގެ ބިދޭސީ އަންހެންކުއްޖެއް ނިޔާވެއްޖެއެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވާފައިވާ މެސެޖެއްގައި ބުނެފައިވަނީ، ސިންގަޕޫރަށް ނިޞްބަތްވާ މި ކުއްޖާއަކީ ވޭލްޝާކް ރިސާރޗެއް ހެދުމަށްޓަކައި އައިސް އުޅޭ ޓީމެއްގެ މެމްބަރެއްކަމަށެވެ. އެކުއްޖާ ނިޔާވީ ސްނޯކްލިންއަށް ގޮސް ދޯނިން ފުންމާލިވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަހަމްވެގެންނެވެ.
މި ޙާދިސާ ހިނގުމުން ރަށުގެ ޞިއްޙީ މަރުކަޒަށް އެކުއްޖާ ގެންދިޔައިރުވެސް ވަނީ ނިޔާވެފައިކަމަށް ޞިއްޙީ މަރުކަޒާ ޙަވާލާދީ ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.