ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި ސައުދީ އަރަބިއާ އަށް ފުރާވަޑައިގެންފި އެވެ.
އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައިވާގޮތުން، މި ދަތުރުފުޅަކީ ސަޢޫދީސަރުކާރުގެ އިސްނެންގެވުމާއެކު ބާއްވާ އެކްސްޓްރާ އޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓާއި އެ ސަމިޓަށް ތައްޔާރުވުމުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.
މި ދަތުރުގައި ފަލަސްތީނުގެ ރައްޔިތުންނާއި އިސްލާމީ އުއްމަތުގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދެއްވުމާއި ގުޅިގެން އިސްލާމީ ގައުމުތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ޑރ. ޚަލީލް ވަނީ ވިދާޅުވެފައެވެ.
Departed to Riyadh to participate in the Extraordinary Joint Arab-Islamic Summit and its preparatory meetings, convened under the leadership of Saudi Arabia.
Will be engaging with the Arab-Islamic countries to address the ongoing challenges in the Islamic Ummah, chief among…
— Abdulla Khaleel (@abkhaleel) November 9, 2024
ޑރ. ޚަލީލްގެ ޕޯސްޓުގައި އެމަނިކުފާނު ވަނީ އިސްރާއީލުން ފަލަޞްޠީނުގައި ހިންގަމުންދާ އަނިޔާވެރި ހަނގުރާމައާއި ނަސްލު ނައްތާލުމުގެ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ފަލަޞްޠީނުގެ ރައްޔިތުން ތަޙައްމަލްކުރަމުންދާ ތަކްލީފުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި އެއްމެން އެއްބަހެއް ކިޔަންޖެހޭނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
އަރަބް-އިސްލާމިކް ސަމިޓް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަ ހުއެވެ.