ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގައި އާބަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތައް ކަނޑައަޅައި އިއުލާން ކޮށްފިއެވެ.
ޖުމްލަ 7 ރަށެއްގައި އާބަން ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، އެ ރަށްތަކަކީ:
1) ރ. އުނގޫފާރު
2) ބ. އޭދަފުށި
3) ޅ. ނައިފަރު
4) އދ. މަހިބަދޫ
5) ފ. ނިލަންދޫ
6) ދ. ކުޑަހުވަދޫ
7) ލ. ފޮނަދޫ
ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ގިނަ ރައްޔިތުންނަށް ފައިދާ ހާސިލުކުރެވޭނެ ގޮތަށް ރާއްޖޭގައި 7 އާބަން ސެންޓަރު ތަރައްޤީކުރާނެ ކަން ރައީސް ޑރ.މުޢިއްޒު އިއުލާނު ކުރައްވާފައިވަނީ, މީގެ ކުރިން މިއަހަރުގެ މާޗު މަހު، ރ.އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ މެދު ރާސްތާ، އަދި ދުރު ރާސްތާގެ ތަރައްޤީއަށް ބަލާއިރު، އެންމެ އުތުރުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނަކާއި، އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނެއްގެ އިތުރުން ރާއްޖޭގައި 7 އާބަން ސެންޓަރެއް ތަރައްޤީ ކުރައްވާނެކަމަށެވެ.