ފޮޓޯ: ފުލުހުން

ރާފުޅިތަކެއް ހިފައިގެން ޕިކަޕެއްގައި ދިޔަ ބިދޭސީންތަކެއް ހުޅުމާލެއިން ހައްޔަރުކޮށްފި!

ރާފުޅިތަކެއް ހިފައިގެން ޕިކަޕެއްގައި ދިޔަ ބިދޭސީންތަކެއް ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނޮވެމްބަރު 7 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބިދޭސީ ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބިކާރާ ކުމާރު، އިންޑިއާ (24އ)، އަކިލޭޝް ކުމާރު، އިންޑިއާ (27އ) އަދި އުމާކަންތު ޗޯދަރީ، ނޭޕާލް (35އ) އެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 2 މަގުމަތިން ޕިކަޕެއް ހުއްޓުވައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 48 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

advertisement
ހިޔާލު ދެއްވާ!