ދިވެހި ފުލުހުންގެ އިދާރާ

މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ، ހުޅުމާލޭގެ ފޭސް 2 ގެ ހިޔާ ފްލެޓްގައި މީހާކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި 12 މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި 12 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ފަސް މީހުން ފަސް ދުވަހަށް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބާކީ ތިބި ހަތް މީހުން ހަތް ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް މައުލޫމާތު ދެއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 12 މީހުންނަކީ:
  • އަލްމާން އަލީ ހާލިދު (22އ), ވެހި, ގދ. ވާދޫ
  • މުހައްމަދު އިޒްކާން (18އ), މ.ހަތިކަނޑު, މާލެ
  • އިޒާން އަހްމަދު (18އ), ޒުނައިޓްވިލާ, ކ. ގުރައިދޫ
  • އަހްމަދު ޒާހިރު (36އ), ދަންމަރު, ށ. ފޯކައިދޫ
  • އާދަމް ހުސައިން (48އ), ޖަމީލާމަންޒިލް, ލ. މާވަށް
  • އިބްރާހީމް ނަޝީދު (34އ), ހިޔަލީގުލްޝަން, ލ. އިސްދޫ
  • އަހްމަދު ސަމީހު (22އ), ނައިޓްސްޓާރ, ބ. ގޮއިދޫ
  • އިސްމާއީލް ވިސާމް މުހައްމަދު (29އ), ވ. ގާމާ, ކ. މާލެ
  • ވިޝާމް މުހައްމަދު (23އ), ޗިޗަންޑާގެ, ގދ. ވާދޫ
  • ވިސާމް މުހައްމަދު (30އ), ހުޅުޏާލެ ހިޔާ 14-17-03,
  • މުޝްތާގު ޝާކިރު (37އ), ޖަނަވަރީގެ, ގދ. ވާދޫ
  • ހަސަން ޣާލިބު (38އ), އާރެސް, މ. ކޮޅުފުށި
ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުން

އެ މީހާ ރަހީނު ކޮށްފައި ހުރި އެޕާޓުމަންޓަކީ މަސްތުވާތަކެތީގެ އެކި މައްސަލަތަކާ ގުޅިގެން ފުލުހުން މީގެކުރިން އެކި ފަހަރުމަތިން ރެއިޑްކޮށްފައިވާ ތަނެކެވެ.

މިކަމާ ގުޅިގެން ހޯމްމިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މިފަދަ ކުށްތައް ކުރާތަންތަން ދައުލަތަށް ނެގޭނެ އުސޫލެއް ހަދައި އެކަން މިސަރުކާރުން ކުރާނެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!