ދެލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެ ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ ގްރޫޕުގައި ހިއްސާކުރި މެސެޖެއްގައި ފުލުހުން ވިދާޅުވީ ހުޅުމާލެ ނެރުކައިރިން ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމަށް މިރޭ އެއިދާރާއަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ.
މިއެކްސިޑެންޓްގައި އެތަނުން އެއް ލޯންޗްގައި ތިބި ދެމީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އަނިޔާ ލިބުނު ދެމީހުންނަކީ ވެސް ފިރިހެނުން ކަމަށެވެ. މިހާދަސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ހަރަކާތްތެރި ވަމުންއަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ…