Close Menu
  • ޚަބަރު
  • ސިޔާސީ
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
  • ދީން
  • ޞިއްޙަތު
  • ކޮލަމް
  • ރިޕޯޓް
  • ވާހަކަ
Facebook X (Twitter) Telegram
Facebook X (Twitter) Telegram
Rivaayaa NewsRivaayaa News
  • ޚަބަރު
  • ސިޔާސީ
  • ކުޅިވަރު
  • ވިޔަފާރި
  • ދުނިޔެ
  • ދީން
  • ޞިއްޙަތު
  • ކޮލަމް
  • ރިޕޯޓް
  • ވާހަކަ
Rivaayaa NewsRivaayaa News

އަނެއްކާވެސް ރަސްމާލެ ހިއްކަން ފަށައިފި

  • Picture of މަޒްލާން އަޙްމަދު މަޒްލާން އަޙްމަދު
  • ނޮވެމްބަރ 10, 2024

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީ ކުރަން ނިންމާފައިވާ ރަސްމާލެ އަލުން ހިއްކަން ފަށައިފިކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ މަސައްކަތް ކުރުމަށް އާބަންކޯ އިން މިހާރު ޙަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ.

We are pleased to announce that we have resumed the reclamation work for Rasmalé Area F, marking another step forward in our community’s growth and development. #BuildingBeyondHorizons #WithHDC pic.twitter.com/AHuFvOgr9k

— Housing Development Corporation (@hdcmaldives) November 10, 2024

ރަސްމާލެ ޕްރޮޖެކްޓަށް ފުށިދިއްގަރު ފަޅު ހިއްކާ ނިމޭއިރު، ބިމުގެ ބޮޑުމިން ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮލުމުން ވާވަރުގެ ތިން ގުނަ ބޮޑުވާނެއެވެ. ސީއެމްސީ އަށް ޕްރޮޖެކްޓް ދީފައިވަނީ ބިން ހިއްކުމަށް ޚަރަދުވާ ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށެވެ. އެގޮތުން ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދިނުމަށް ވަނީ ނިންމައިފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ރަސްމާލެ މަޝްރޫއަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނެސްދޭނެ މަޝްރޫއެކެވެ.

advertisement
ހިޔާލު ދެއްވާ! ރައްދު ކެންސަލް

advertisement

ފަހުގެ

އެންމެ ފުރަތަމަ ސުވަރުގެ ވަންނަ މީހާ؟

ޚަބަރު އޭޕްރިލް 6, 2025

ސުވަރުގެއަކީ ﷲގެ ގެކޮޅެކެވެ. އެއީ ﷲގެ މެހުމާންސަރާއެވެ. އެތާނގައިވާ ނިޢުމަތްތަކަކީ ލާސާނީ…

ހޮޅުދޫ ބޯޓުން ގެއްލުނު މުޝްފިޤް ހޯދަން ކަނޑު މަގުންނާ ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި!

އޭޕްރިލް 3, 2025

4000 ފުލެޓް- ފުލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން އާންމުންގެ ޖަމްޢިއްޔާއިން އެހީވަނީ!

އޭޕްރިލް 3, 2025

އަލިފާން ރޯވި ހޮޅުދޫ ބޯޓު އަޑިއަށް ގޮސްފި!

އޭޕްރިލް 3, 2025

ބެހި މަސްދަޅުތަކާއެކު ކަރަންޓް ބިލް ބޮޑުވާނެ ކަމަށް ރައްޔިތުން ކިޔަކިޔާ ތިއްބާ ލިބުނު ބިލާއެކު ރައްޔިތުން ރަތަށް!

އޭޕްރިލް 3, 2025
advertisement
Facebook X (Twitter) Telegram
© 2025 rivaayaanews
  • Privacy Policy
  • Terms and Conditions
  • Code of Ethics
  • About Us

Type above and press Enter to search. Press Esc to cancel.