އައްޑޫގައި މިހާރު ކުރިޔަށްދާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް އިންތިޒާމު ކުރި ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް އަލީ ރަމީޒު ގޮވާލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ރަމީޒު ވިދާޅުވީ، ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ހުއްޓާލުމަށާއި އެކަން އިންތިޒާމުކުރާ ފަރާތްތަކަށް ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައްވާ ކަމަށެވެ.
ބޮޑީ ބިލްޑިންގެ ނަމުގައި އައްޑޫގައި އަންހެނުންނާއި ފިރިހެނުން އޮރިޔާމުން ސްޓޭޖުމަތީ ކުރިއަށް ގެންދިޔަ ފާހިޝް ނުބައި ހަރަކާތްތައް އިންތިހާއަށް ކުށްވެރިކުރާ ކަމަށް ވެސް އަލީ ރަމީޒުގެ ޕޯސްޓުގައިވެއެވެ.
ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަނާއި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގުޅިގެން ބާއްވާ މި މުބާރާތުގައި އެކި ގައުމުތަކުން އަންހެނުންނާއި ފިރިހެނުން ބައިވެރިވެއެވެ.
މި ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރާއި ދީނީ އިލްމުވެރިންނަށް އަމާޒުކޮށް ފާޑު ކިޔަމުންކަން ފާހަގަ ކޮށްލެވެ.