ދެ ޖިންސު މަސްހުނި ކޮށްގެން އައްޑޫގައި ބޮޑީބިލްޑިން މުބާރާތް ބޭއްވި ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް(ބީބީއޭއެމް) އިން މާފަށް އެދިއްޖެއެވެ.
ބޮޑޯބިލްޑިންގ އެސޯސިއޭޝަނުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 15 ވަނަ ވޯލްޑް ބޮޑީ ބިލްޑިންގ މުބާރާތާއި ބެހޭ ގޮތުން މިހާރު ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން ރައީސުން ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ދިވެހި ރައްޔިތުންގެ ފަރާތުން މާފަށް އެދޭކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވާގޮތުން މި މުބާރާތަކީ ވަރަށް ދުރާލާ މަސައްކަތް ކޮށްގެން އެހެން ގައުމުތަކާއި ވާދަކޮށްގެން ރާއްޖޭގައި ބޭއްވުމަށް ލިބިފައިވާ ފުރުސަތެއް ކަމަށެވެ. އަދި މި މުބާރާތް ބޭއްވުމަށް ކޮންޓްރެކްޓް ހެދުމަށްފަހު މި މުބާރާތް ރާއްޖޭގައި ނުބާއްވަން ނިންމައިފިނަމަ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށާއި ޖުމްލަކޮށް ރާއްޖެއަށް މާލީ ގޮތުންނާއި އެހެން ގޮތް ގޮތުން ލިބިދާނެ ގެއްލުމަކަށް ވިސްނުމަށްފަހު މުބާރާތް ބާއްވަން ނިންމީ ކަމުގައިވެސް މި ބަޔާނުގައި ބުނެފައިވެއެވެ.
މިބާޔާނުގައި އިތުރަށް ބުނެފައިވަނީ މިކަން ބާއްވާފައިވަނީ އާންމުން ދިރިނޫޅޭ ބައިނަލްއަގުވާމީ ޓޫރިސްޓުން އައިސް އެމީހުންގެ ދިރިއުޅުގެ ވައްޓަފާޅިއާ އެއްގޮތަށް އުޅެވޭ ގޮތަށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ހިންގުމަށް ހުއްދަދީފައިވާ ކެނެރީފް ޒިސޯޓުގައި ކަމަށެެވެ.
ނަމަވެސް މި މުބާރާތް ރާއްޖޭގައި ބާއްވައިގެން ނުވާނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެކަމާ ދެކޮޅަށް ޝުއޫރު ފާޅު ކުރަމުންނެވެ.