ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް

ބޮޑީ ބިލްޑް މުބާރާތުގެ ނަމުގައި ފެށިފައިވާ ނުބައިކަންކަން ދުވަހެއްދުވަހަކަށް ފުޅާވަމުންދާ ކަމީ ހިތާމަހުރިކަމެއް: ޝައިޚް އަލީ ޒާހިރު

ބޮޑީ ބިލްޑް މުބާރާތުގެ ނަމުގައި ފެށިފައިވާ ނުބައިކަންކަން ދުވަހެއްދުވަހަކަށް ފުޅާވަމުންދާ ކަމީ ހިތާމަހުރިކަމެއްކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރާ ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވެއްޖެއެވެ.

އައްޑޫ ރިސޯޓެއް ކަމުގައިވާ ކެނެރީފްގައި، 15 ވަނަ ވޯލްޑް ބޮޑީ ބިލްޑިންގ މުބާރާތުގައި އައުރަ ނިވާނުކޮށްދެ ޖިންސު މަސްހުނި ކޮށްގެން އެމުބާރާތް ރާއްޖޭގައި ބާއްވާފައިވާތީ ގިނަ ބަޔަކު ވަނީ އެކަމާ ގުޅިގެން ސަރުކާރަށް ފާޑު ކިޔައިފައެވެ.

މި މައްސަލައާ ގުޅިގެން ޝައިޚް އަލީ ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެއްވެސް ތަނެއްގައި ނިިވައިކަމެއްނެތި މުބާރާތެއް ބޭއްވިގެން ނުވާނެ ކަމަށެވެ. އަދި މިއީ ހިންގި ބޮޑު މުންކަރާތެއް ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ. މިކަންކަން ކަމާބެހޭ ފަރާތްތަކުން ހުއްޓުވައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޝައިޚް ވިދާޅުވިއެވެ.

"ރާއްޖޭގެ އެއްވެސް ތަނެއްގައި ނިިވައިކަމެއްނެތި މުބާރާތެއް ބޭއްވިގެން ނުވާނެ. މިއީ ބޮޑު މުންކަރާތެއް.ބޮޑީ ބިލްޑް މުބާރާތުގެ ނަމުގައި ފެށިފައިވާ މިފަދަނުބައިކަންކަން ދުވަހެއްދުވަހަކަށް ފުޅާވަމުންދާ ކަމީ ހިތާމަހުރިކަމެއް. މިކަންކަން ކަމާބެހޭ ފަރާތްތަކުން ހުއްޓުވައި ފިޔަވަޅު އަޅަންޖެހޭ" ޝައިޚް އަލީ ޒާހިރު

ޝެއިޚް އަލީ ޒާހިރު މި މައްސަލައާ ގުޅިގެން ހިތް ހަަމަ ނުޖެހުން ފާޅުކޮށްފައިވާއިރު،  އެހެން ދީނީ އިލްމު ވެރިން ވެސް ވަނީ މިކަމާ ދެކޮޅަށް އަޑުއުފުލައިފައެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން ދީނީ އިލްމުވެރިޔާ ބޮޑީ ބިލްޑިންގ އިވެންޓް ރާއްޖޭގައި ބޭއްވި މައްސަލާގައި ދައުލަތުން މާފަށް އެދެންޖެހޭ ކަމަށެވެ.

ޒައިދު ވިދާޅުވީ، މިސް ޔުނިވާސް ކަންތަކުގައި ދައުލަތުން ބަސްބުނެ އެކަމަށް އިންކާރުކޮށް ބަޔާން ނެރެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއާއި ވިދިގެން ހަމަ ދައުލަތުގެ މިނިސްޓްރީއަކުން ޢަމަލު ކުރީ މުޅިން އިދިކޮޅަށް ކަމަށް ވެސް ޒައިދު ވިދާޅުވެފައިވެއެވެ.

"އަދި މި ބޮޑީބިލްޑިން އޮރިޔާން އިވެންޓެއް އެބޭއްވީވެސް އައްޑޫގައި! އަންހެނުން 2 ޕީސްގައި. ފިރިހެނުން ރޮދި ޖަންގިޔަލުގައި! މިއީ ކޮންފަދަ ނުބައި ޢަމަލެއް! އަދި ފެށީ ޤުރްއާނުން! ނުބައިގެ މައްޗަށް ނުބައި! އަޢޫޒު ބިއްލާހި!" ޝައިޚްގެ ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވެފައިވެއެވެ.

މި އިވެންޓާއި ގުޅިގެން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ބަރަހަނާ މަންޒަރުތައް ދައްކާ ޙަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫންކަމަށާ ޤައުމުގެ އިޖްތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަޤާފަތު ރައްކާތެރިކުރަންޖެހޭ ކަމަށެވެ.

 

advertisement
ހިޔާލު ދެއްވާ!