ދައުލަތަށް ލިބެންޖެހޭ 9 ބިލިއަން ރުފިޔާ މާފުކޮށްދީފައިވޭ

މާފުކޮށްދީގެންނާއި އެކިއެކި ލުއިދިނުމުގެ ސަބަބުން އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެެރެއިން 9 ބިލިއަން ރުފިޔާ ނުލިބޭނެކަމަށް ނިންމާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާކުރުމުގެ ގޮތުން މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިޔާޒީ ވިދާޅުވީ، އެ ފައިސާއަކީ 2020 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އޮގަސްޓް މަހާ ހަމައަށް ލިބެންޖެހޭ ފައިސާ ކަަމަށެވެ. ނަމަވެސް އެއީ ދައުލަތަށް ލިބެންޖެހުނުކަމުގައިވިޔަސް، ނުލިބޭނެ ފައިސާގެ ގޮތުގައި  ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަން ތަކުރާރުވިޔަ ނުދިނުމަށް ސިސްޓަމްތަކުގައި ހުރި އެކިއެކި ޕޮލިސީތައް ބަދަލުކޮށް، ދެފުށް ފެންނަ ހަރުދަނާ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށެވެ.

9 ބިލިއަން ރުފިޔާ ނުލިބޭނެކަމަށް ނިންމާފައިވާއިރު، ސަރުކާރުގެ ޚަރަދުތައް ބޮޑުވެ، ތަފާތު ގިނަ ސަބްސިޑީތައް މުރާޖަޢާކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

advertisement
ހިޔާލު ދެއްވާ!