2026 ވަނަ އަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ބޭންކް ކާޑުގެ ޑޮލަރު ލިމިޓް 1400 އަށް ބޮޑުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަސް އަންނަ ކޮންމެ ފަތުރުވެރިއަކު 500 ޑޮލަރު ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް އިސްލާހުކުރި ގަވާޢިދާއެކު، ޑޮލަރުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޖެނުއަރީން ފެށިގެން ގޮސް 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރ ނިމޭ ހިސާބަށް ދާއިރަށް ސަސްޓެއިން ކުރެވޭ ގޮތަށް ޑޮލަރު މާރުކުރާ ކަމަށްވަންޏާ 1400 ޑޮލަރާ ހަމަޔަށް ކްރެޑިޓް ކާޑުގެ ލިމިޓް ބޮޑުކޮށްދޭނަަންް." ރައީސް ވިދާޅުވިއެވެ.
ކާޑު ލިމިޓް ބޮޑުކޮށްދިނުމުގެ އިތުރުން ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް 1000 ޑޮލަރު ބޭންކް ރޭޓްގައި ދޭނެކަމަށް ރޭގެ ޙަފްލާގައި ރައީސް ވަނީ ވިދާޅުވެފައެވެ.