އޮފީސް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕޮލިހަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ, އޮފީސް/ ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕުގެ ފައިނަލުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބަލިކޮށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

ހުޅުމާލެ ޕާކް ވޮލީ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ޕޮލިހުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 23-25, 25-22, 25-08 އަދި 27-25 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުުޅުންތެރިއަކަށް އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ޝާމިލް މުހައްމަދުއެވެ. އެންމެ މޮޅު ކޯޗަކީ މިއަހަރުގެ ޗެމްޕިއަން ޕޮލިސް ކްލަބްގެ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ޕޮލިހުގެ ޝާމިލް މުހައްމަދު، މުހައްމަދު ހަމްދޫން، މައުޒޫން ނިޔާޒް، އަހުމަދު އިލްހާމް އަލީ، އެމްއެންޑީއެފްގެ ޖުނައިދު އަބްދުﷲ، މުހައްމަދު މުނީފް އަދި އެމްއޯއެސްގެ މުހައްމަދު ފައިސަލް އެވެ.

 

މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ 4 ޓީމެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް އިމިގްރޭޝަން އަދި ކުޅިވަރާއި ހަށިހެޔޮކަމުގެ ވުޒާރާއެވެ.

advertisement
ހިޔާލު ދެއްވާ!