އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް

މިވީ އެއް އަހަރު ތެރޭ ރާއްޖެ 10 ވަރަކަށް އަހަރު ފަހަތަށް ސޮއްސާލައިފި: ފައްޔާޒު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ އެއް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެ 10 އަހަރު ފަހަތަށް ސޮއްސާލައިގެން ގޮސްފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ފެންނަމުންދަނީ އެއް އަހަރު ދުވަހުގެ ތެރޭގައި، ފާއިތުވި 30 އަހަރުގައި ރާއްޖެއިން ހޯދި ކުރިއެރުންތައް ފަހަތަށް ދާތަން ކަމަށެވެ.

ވޭތުވެދިޔަ ތިރީހަކަށް އަހަރު މިގައުމު ހޯދާފައިހުރި ކުރިއެރުންތައް އެތައް ގުނައެއް ފަހަތަށް ދާ ތަން އިނގޭތޯ، އަޅުގަނޑުމެންނަށް ގެއްލިގެންދިޔަ އެއް އަހަރެއްވެސް ނޫން މީކީ އިނގޭތޯ؟ އަޅުގަނޑުމެން ފަހަތަށް ސޮއްސާލައިގެން، ބޮޑުތަނުން، ދިވެހިރާއްޖޭގެ އެކިއެކި ސަރުކާރުން، އަޅުގަނޑުމެންނާ އިދިކޮޅު ސަރުކާރު ތަކުންވެސް، ހޯދާފައިހުރި ކާމިޔާބީތައް ހަމަ ރޯލް ބެކް ވެގެން މިދިޔައީ ވަރަށް ބޮޑަށް ފަހަތަށް." ފައްޔާޒު އިސްމާއީލް

މީގެ އތުރުން ފައްޔާޒް ވިދާޅުވީ މިސަރުކާރުން ކަންކުރަމުން އަންނަ ގޮތުން ރާއްޖޭގެ އިގްތިޞާދާއި އެހެނިހެންވެސް ދިވެހިންނަށް ކަށަވަރު ކޮށްދީފައިވާ ކަންކަމަށް ވާނެ ގޮތް ނޭނގޭ ކަމަށާއި، ފެނިގެން ދިޔައީ ޚުދުމުހުތާރު ކަން ފެށިގެންދިޔަ އެއް އަހަރު ކަމަށެވެ.

ދިވެހި ރައްޔިތުންނަށާއި ދިވެހި ރާއްޖެއަށް ގެއްލިގެންދިޔަ 10 ވަރަކަަށް އަހަރުގެ ގޮތުގައި އަޅުގަނޑަށް މި ސިފަވަނީ" ފައްޔާޒު އިސްމާޢީލް

މި ސަރުކާރުން ކަންކަން ނިންމާ އިރު ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ނުކުރާ ކަމަށާއި މިއީ ޚުދުމުހުތާރު ސަރުކާރެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން ފެލާލުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!