2023 ގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެތެރެއިން

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ޖުމްލަ 648 ކެނޑިޑޭޓުން ވާދަކުރޭ: ޕީއެންސީ

މިއަދު ކުރިޔަށްދާ  ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ޖުމްލަ 648 ކެނޑިޑޭޓުން ވާދަކުރާކަމަށް އެޕާޓީން ބުނެފިއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބަކީ، އެ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ ޕާޓީގެ އެކިއެކި ގުނަންތަކަށް 1984 މަޤާމަކަށް މީހުން ހޮވުމަށްޓަކައި ބާއްވާ އިންތިޚާބެކެވެ. އެހެންނަމަވެސް، މިއަދުގެ އިންތިޚާބުގައި ވޯޓުލުން ކުރިޔަށް ދާނީ އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާ މަޤާމުތަކަށް އެކަނިކަމަށް އެ ޕާޓީން ބުނެއެވެ. އެގޮތުން، އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ، 1300 މަޤާމަކަށް އިންތިޚާބަކާ ނުލާ މެމްބަރުން ވަނީ ހޮވިފައެވެ.

ޕީއެންސީން މި އިންތިޚާބު ބާއްވަން އެންމެ ފުރަތަމަ އިޢްލާންކުރީ މިދިޔަ އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހުއެވެ. މިއަދު އިންތިޚާބު މިބާއްވަނީ ދެފަހަރެއްގެ މަތިން އިންތިޚާބު ލަސްކުރުމަށްފަހުއެވެ.

މި އިންތިހާބުގައި ​​​1،984 މަގާމަށް މީހުން އިންތިހާބު ކުރުމަށް ނިންމާފައިވާއިރު، 648 ކެންޑިޑޭޓުން ވާދަކުރާ ކަމަށް އެޕާޓީން ވިދާޅުވެއެވެ. އަދި އަނެއް 1300 މަޤާމަށް، އެންމެ ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާތީ، އެ 1300 މަގާމަށް ވަނީ، އިންތިހާބަކާ ނުލައި މީހުން ހޮވިފައެވެ.

88 ރަށެއްގައި ވޯޓުލުން ކުރިއަށް ގެންދާ މި އިންތިހާބުގައި، މާލޭގައި ބަހައްޓާ 56 ވޯޓު ފޮށްޓާއެކު ޖުމުލަ 144 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ޕީއެންސީން ވިދާޅުވެއެވެ.

މި އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު ހެނދުނު 10 ޖަހާއިރުއެވެ. ވޯޓުލުން ނިމި ވޯޓު ފޮށިތައް ބަންދުކުރާނީ މިއަދު މެންދުރު 14:00 ގައި ކަމަށް ވެސް އެ ޕާޓީން ވިދާޅުވެއެވެ.

advertisement
ހިޔާލު ދެއްވާ!