ހުޅުމާލެ މޮނިއުމަންޓް މުބާރާތުން 1 ވަނަ ހޮވައިފި

ހުޅުމާލޭގެ ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިން ކުރަން ހުޅުވާލި ފުރަތަމަ ފުރުސަތުގައި ހުށަހެޅި ޑިޒައިންތަކުގެ ތެރެއިން 1 ވަނަ ޑިޒައިން ހޮވައިފިއެވެ.

މި މުބާރާތަކީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހަދަމުންދާ ރައުންޑްއެބައުޓްސްތަކުގައި ރާއްޖޭގެ ރީތިކަން ރަމްޒުކޮށްދޭ ފަދަ މޮނިއުމަންޓްތައް ބެހެއްޓުމުގެ މަޤްޞަދުގައި ކުރިޔަށްގެންދާ މުބާރާތެކެވެ.

އެޗްޑީސީން މިއަދު ވަނީ ހޮވުނު ޑިޒައިންގެ ކުރެހުމެއް ވެސް ދައްކާލާފައެވެ.

މި ޑިޒައިން ފަރުމާކޮށްފައި ވަނީ ޓީމް އާކޯސްއިންނެވެ. އެ ޓީމްގައި ހިމެނެނީ އަބްދުﷲ ޝައިމާން ވަޙީދާއި އިބްރާހީމް އިފާޒެވެ.

އެޗްޑީސީން ކުރިން ބުނެފައވަނީ ހުޅުމާލޭގެ ފޭސް އެކަކާއި ދޭއްގައި ޖުމްލަ 11 މޮނިއުމެންޓް ބެހެއްޓުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ. އެެއީ ހުޅުމާލޭގެ ފޭސް އެކެއްގެ ހަތަރު ރައުންޑްއެބައުޓްސް އާއި ފޭސް ދޭއްގެ 8 ތަނެއްކަމަށް އެ ކުންފުނިން ބުނެއެވެ.

advertisement
ހިޔާލު ދެއްވާ!