ކުއްލި ޚަބަރު

މާލޭގެ ގެއެއްގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ގެއެއްގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ މާފަންނު ގެއެއްގެ 10 ވަނަ ބުރީގައި ހުރި ގުދަނެއްގައި ކަމަށެވެ.

އެ ގުދަނުގައި ހިފި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައިކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.

advertisement
ހިޔާލު ދެއްވާ!