ހެންވޭރު ގެއެއްގައި ހިންގާ ސަރާ ސެލޫން އެންޑް ސްޕާ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް މިމަހުގެ ފަސްވަނަ ދުވަހު ފުލުހުން ހައްޔަރު ކުރި ފަސް މީހުންވެސް ކޯޓުން ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލައިފިއެވެ.
ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ތައިލޭންޑް ހަތަރު އަންހެނުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ / ޕާކީޒާ، މުޙައްމަދު ޢިމްރާން (42އ)، ސަލިނީ ޔަމްޑީ (30އ)، ޗަޔަނިޓް ޕިލާ (30އ)، ވިލައިޕޯން ކޮޓްވޮންގް (24އ) އަދި ތިޕްސުދާ ސަންގްހަމް (33އ) އެވެ.
މި މައްސަލައާ ގުޅިގެން މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތިޕްސުދާ ސަންގްހަމް 15 ދުވަހަށް އަދި ދެންތިބި ހަތަރު މީހުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
"ރިވާޔާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުންގެ ބަންދުގެ މުއްދަތު ހަމަވެ، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތު ތަކަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ފަސް މީހުން ހައްޔަރުކޮށްފައިވަނީ ބަރަހަނާ ހާލުގައި ތިއްބައެވެ. އަދި އެމީހުން ހައްޔަރުކުރި ތަނުން ހަށި ވިއްކުމަށް ބޭނުންކުރާ ސާމާނުވެސް ފުލުހުން ވަނީ ހޯދައިފައެވެ.
މިފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުންދާ ގޮތަކީ އެފަދަ މީހުން ޑީޕޯޓްކޮށްލުމެވެ. ނަމަވެސް މި މީހުން ޑީޕޯޓުކޮށްފައި ނުވަނީ މި މީހުންނަކީ މިސަރުކާރުގެ އިސްވެރިންތަކަކާ ގުޅުން އޮންނަ ބަޔަކު ހިންގާ ވިޔަފާރި އެއްކަމަށް ވުމުންކަމަށް މައުލޫމާތު ލިބެއެވެ.
މި މީހުން މިހާރު އަނެއްކާ ވެސް ހަށި ވިއްކުމުގެ ވިޔަފާރިއަށް ނިކުމެ މަސައްކަތް ފަށާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިމީހުންގެ ތެރޭގައި ގައިން ގަޔަށް އަރާ ބަލި ހުރި މީހުން ވެސް ތިބި ކަމަށް މައުލޫމާތު ލިބެއެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތަނަކީ ރެއިޑް ނުޖަހަން އަންގާފައި ވަނިކޮށް ފުލުހުންނަށް ރެއިޑް ޖެހުނު ތަނެކެވެ.
1 Comment
އޮޅިގެން ރެއިޑްޖެހުނީމަ ފުލުހުންޖެހޭނެ މާފައްއެދެން.
ޢެނެންނޫނީ ވަޒީފާއިންވެސް ވަކިކޮއްފާނެ. އެސަރުކާރެއް މިސަރުކާރެއް ކިޔާނެކަމެއްނެއް. ކޮންމެސަރުކާރެއް އޮތަސް ތިޔަހަރަ ކަންތައްތަކަކީ މިދިވެހިމުޖުތަމައުގައި އަލަކައްވާކަމެއްނޫން .
"ޤާނޫން ހިގާނީ ނިކަމެތިންނައް"