ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ 4،000 ފުލެޓު ލިބޭނީ ހައްޤުވެރިންނަށް ކަމަށާއި ސިޔާސީ ފަރާތްތަކަށް އެކަމުގައި ނުފޫޒެއް ނުފޯރުވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ކުރިއަށްދާ ރީ އިވެލުއޭޝަން މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވާ ކަމަށް ބުނެ އެކި ފަރާތްތަކުން ފަތުރަމުން އަންނަނީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.
ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް މައްސަލައެއް ބެލި އެވެ. އެ މައްސަލަ ބެލުމަށްފަހު މިދިޔަ ފެބްރުއަރީ މަހު އޭސީސީން ވަނީ ބައެއް ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފަ އެވެ. ނަމަވެސް މިހާތަނަށް އައިއިރު ވެސް ފްލެޓްތައް ހަވާލުނުކުރާތީ ފްލެޓް ލިބުނު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށް، ދޭތެެރެ ދޭތެރެ އިން އިހުތިޖާޖު ވެސް ކުރަމުންނެވެ.
ގެދޮރުވެރިޔާ ސްކީމްގެ ރީ-އިވެލުއޭޝަނުގެ މަސައްކަތަށް ރައްޔިތުންގެ މަޖިލީސް މެމްބަރުން ނުފޫޒު ފޯރުވާކަމަށްބުނެ، މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅޭ. pic.twitter.com/rv8iQupYsT
— Ministry of Housing, Land and Urban Development (@MHLUDmv) November 26, 2024
ހައުސިން މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވާލެވުނު ހައުސިންގ އެޑްވައިޒަރީ ކޮމިޓީއާއި ހައުސިންގ ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެ މަތިން، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަންތައްތައް ރީ އިވެލުއޭޓުކުރުމުގެ މަސައްކަތްތައް އަދިވެސް ދަނީ ކުރަމުން ކަމަށެވެ.
އަދި ގެދޮރުވެރިޔާ ސްކީމްގެ އުޞޫލުގެ ދަށުން ހުށަހަޅާފައިވާ 20697 ފޯމް ބެލުމުގައި ކަށަވަރުކުރަންޖެހޭ ގިނަ ކަންކަން ހުރިކަމަށާއި، އެ މަސައްކަތް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާކަމަށެވެ. އަދި ސްކީމްގެ ވަގުތީ ލިސްޓާއި ރީ އިވެލުއޭޝަން އާއި ގުޅިގެން ކުރިޔަށް ގެންދެވުނު މަސައްކަތަކުގެ ތަފްޞީލްތައް އެ މަސައްކަތް ނިމުުހާ އަވަހަކަށް އާންމު ކުރާނެ ކަމަށެވެ. އަދި އިތުރު މުއްދަތު ހޭދަވިޔަސް، ސަރުކާރުގެ މަޤްޞަދަކީ އެ ސްކީމުން ފްލެޓް ހޯދުމަށް ހުށަހަޅާފައވާ އެއްވެސް ފަރާތެއްގެ ޙައްޤު ގެއްލިގެން ނުދާނެ ކަން ކަށަވަރުކުރުމާއި ފްލެޓްތައް ދޫކުރެވެނީ އެންމެ ޙައްޤުވެރީންނަށްކަން ޔަޤީންކުރުން ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަކަންކަން ހުރުމާ ގުޅިގެން އެ މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ. އެގޮތުން އެ ސްކީމުގެ ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަނާ ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މަސައްކަތް ނިމުނުހާ އަވަހަކަށް އާންމު ކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ
ރައީސް ވެސް ވަނީ ކިތަންމެ ލަސްވިޔަސް ލިސްޓު މުރާޖައާކޮށްފައި ނެރޭނީ ދެ ފުށް ފެންނަ ލިސްޓެއް ކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ މީހަކަށް ފްލެޓު ލިބޭ ސަބަބު ނުވަތު ނުލިބޭ ނަމަ އެއީ ކީއްވެގެންކަން ވެސް އެލިސްޓުން އެނގެން އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.