ހެންވޭރު އާޓިފިޝަލް ބީޗު ކައިރިއަށް މަގުމައްޗަށް ވެއްޓިގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މީހަކު މިއަދު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ، އުމުރުން 53 އަހަރުގެ ސ. ހިތަދޫ، ސޯސަންގެ އަޙުމަދު ޝަރީފު ކަމަށެވެ.
މިއަދު ހެނދުނު 8:56 ހާއިރު އާޓިފިޝަލް ބީޗު ކައިރިން މަގުމައްޗަށް ވެއްޓުނު މީހަކު, ފުލުހުން ނަގައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަދި އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަނިކޮށް 10:03 ހާއިރު، ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ މެދުވެރިވެރިވަން ދިމާވި ސަބަބާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.